މަސްހިފަން ފޭބި ޒުވާނަކު ނިޔާވެއްޖެ

4 days ago

އަފްރާހް

މަސްހިފަން ފޭބި ޒުވާނަކު ނިޔާވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރ. އަލިފުށި ކަނޑުތޮށި ކައިރިން މަސްހިފަން މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރާ އަޑީގައި އޮއިތްކަމަށް މިއަދު 12:08 ގައި ފުލުހުންނަަށް ރިޕޯޓުކޮށްފައިވާ ކަަމަށެވެ.


އެމީހާ ނަގައިގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި އޭނާ ގެންދިޔައިރު ވެސް ނިޔާވެފަިއވާކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.


ފުލުހުން އިތުރަށް ވިދާޅުވީ ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ޒުވާނެއް ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު