އެމްއެންޑީއެފް ކޮމާންޑަރސް ކޮންފަރެންސް ބާއްވައިފި

4 days ago

އަފްރާހް

ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ "ކޮމާންޑަރސް ކޮންފަރެންސް 2024" ބާއްވައިފިއެވެ.


އޮކްޓޫބަރު 16 އަދި 17 ގައި ސެޝަންތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކޮންފަރެންސް ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހެޑްކްއޯޓަރޒް، ބަންޑާރަކޮށީގައެވެ.


މި ކޮންފަރެންސް ފައްޓަވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. އަދި ކޮންފަރެންސްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސަރވިސްތަކުގެ ކޮމަޑާންޓުންނާއި، އޮޕަރޭޝަނަލް ކޮމާންޑްތަކުގެ ކޮމާންޑަރުންނާއި، ޖޮއިންޓް ޑައިރެކްޓްރޭޓްތަކުގެ ޕްރިންސިޕަލް ޑައިރެކްޓަރުން، އަދި ކާނަލް ރޭންކުން ފެށިގެން މަތީ ސިފައިން ބައިވެރިވެލެއްވިއެވެ.


މިއީ ސިފައިންގޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިދާރީ އަދި އޮޕަރޭޝަނަލް މުހިންމު ކަންކަމާއި ސިފައިންގެ މުއައްސަސާ ކުރިއެރުވުމަށްޓަކައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ސިފައިންގެ އެންމެހާ ކޮމާންޑަރުންނާއި ހިއްސާކުރުމަށް ބާއްވާ ކޮމްފަރެންސެކެވެ.


މީގެއިތުރުން ސިފައިންގެ އެންމެހާ ސަރވިސްތަކާއި ކޮމާންޑްތަކާއި ޑައިރެކްޓަރޭޓްތަކުން ހިންގާ އެންމެހާ މަސައްކަތްތައް ސިންކްރޮނައިޒް ކުރުމަކީ ވެސް މި ކޮންފަރެންސްގެ ބޭނުމެކެވެ.


ކިޔުންތެރިންގެ ހިޔާލު