އައްޑޫ ސިޓީ ހުޅުމީދޫގެ ކަނބަލުންނަށް ކަސްރަތު ޕްރޮގްރާމެއް

4 days ago

އަފްރާހް

އައްޑޫ ސިޓީ ހުޅުމީދޫގެ ކަނބަލުންނަށް ކަސްރަތު ޕްރޮގްރާމެއް ހިންގައިފިއެވެ.


މިއީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮކްޓޫބަރު 17 ވަނަ ދުވަހުގެ ސ. އަތޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި ޕްރޮގްރާމްގައި ވަނަވަނައަށް އައި ފަރާތްތަކާއި، ޕްރޮގްރާމްގައި ހަރަކާތްތެރިވި މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލްކޮށްދެއްވީ ހުޅުދޫ ކައުންސިލަރ، ޙުސައިން ފާއިޒުއްރަޙްމާންއެވެ.


މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މި ޕްރޮގްރާމް ހިންގާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ހަނދާނީ ފިލައެއް ވަނީ ދެއްވާފައެވެ. މި ފިލާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ހަވާލްކޮށްދެއްވީ އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ، އައިމިނަތު ޞާލިޙާއެވެ.


މީގެއިތުރުން ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެސް 3، ކެޕްޓަން ނާމިލް ޢަބްދުލްޣަފޫރާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ކޮމާންޑަރ، ފަސްޓް ލެފްޓިނެންޓް ފާރިޝް ހަނީފްއެވެ.


ސެޕްޓެންބަރު މަހުގެ 12 އިން އޮކްޓޫބަރު 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އައްޑޫ ސިޓީ ހުޅުމީދޫއިން 46 ކަނބަލުން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.


މިއީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި ދުޅަހެޔޮ ސިއްހަތާއި ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ބިނާކުރުމަކީ ވެސް މަގްސަދެކެވެ.


މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.


ކިޔުންތެރިންގެ ހިޔާލު