ޕާކިންގ ޒޯނެއްގައި އޮތް ކާރެއްގެ މައްޗަށް ފާރެއް ވެއްޓިއްޖެ

4 months ago

އަފްރާހް

ޕާކިންގ ޒޯނެއްގައި އޮތް ކާރެއްގެ މައްޗަށް ފާރެއް ވެއްޓިއްޖެއެވެ.


މި ހާދިސާ ހިނގާފައިވަނީ މަޖީދިއްޔާ ކުރިމަތީ އޮންނަ ޕާކިންގ ޒޯނުގައެވެ.


މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މަޖީދިއްޔާ ކުރިމަތީ ޕާކިންގ ޒޯނުގައި ހުރި ފާރެއް ވެއްޓި ކާރަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ކައުންސިލުން ދަނީ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.


 


ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ ބައެއް މީގެކުރިންވެސް ވަނީ ބައެއް ގަސްގަހާގެހި ވެސް ވެރިފައެވެ. އެގޮތުން ވެލާނާގެ ކުރިމަތީގައި ހުރި ގަހެއްގެ ބައެއް ވެއްޓި ދުއްވާފައި ދިޔަ ސައިކަލަކަށާއި އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލަކަށް ވަނީ ގެއްލުންވެފައެވެ.


މީގެއިތުރުން ހިޔާ ވަގުތީ މާކެޓުގެ ފުރާޅުން ޓިނު ގަނޑެއް ވެސް ގަދަ ވަޔާއެކު އެއްލާލާފައިވާއިރު، ސޯސަން މަގުގައި ހުރި ޕާކިންގ ޒޯނަކަށް އެތަނުގައި ހުރި ގަސްތަކުން ގޮފިތަކެއް ވެރުމުގެ ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ.


ކިޔުންތެރިންގެ ހިޔާލު