ޖަނަވާރުންގެ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ އިނާމުދީފ

3 days ago

އަފްރާހް

ދުނިޔޭގެ ޖަނަވާރުންގެ ދުވަހުގެ މުނާސަބަތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ އިނާމުދީފިއެވެ. 


މި ރަސްމިއްޔާތު ބާއްވާފައިވަނީ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ.


ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މާލޭގައި ބޭއްވި ފެއަރގެ ލަކީ ޑްރޯގެ ވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް ވަނީ އިނާމު ދީފައެވެ. އަދި އުރީދޫ މޯލްޑިވްސްއާ ގުޅިގެން 'ފޮޓޯ ވިތް މައި ޕެޓް' ގެ ނަމުގައި ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިޔަ ފޮޓޯ މުބާރާތުގެ ވަނަތައް ހޯއްދެވި ފަރާތްތަކަށް ވެސް އިނާމުތައް ހަވާލުކޮށްފައި ވެއެވެ.


ފެއަރގެ ލަކީ ޑްރޯޑްރޯގައި އެއްވަނައަށް ހޮވުނީ އަލީ އައިހަމް ޙުސައިން، ދެވަނައަށް މުޙައްމަދު ވާރިދު، އަދި ތިންވަނައަށް އަޒްކާ އިސްމާޢީލް ޝިޔާމްއެވެ. 'ފޮޓޯ ވިތް މައި ޕެޓް' ފޮޓޯ މުބާރާތުގައި އެއްވަނަ ހޯދީ ޒައިލް ނިޒާމް ކަމަށްވާއިރު، ދެވަނައަށް ހޮވުނީ ޖޭސްމިން އިބްރާހިމް ޝަރީފެވެ.


މި ހަރަކާތްތަކަކީ ދުނިޔޭގެ ޖަނަވާރުންގެ ދުވަހާ ގުޅުވައިގެން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގެ މަގްސަދަކީ ޖަނަވާރުންނާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި، ޖަނަވާރުންނަށް އޯގާތެރިތެރިވުމުގެ މުހިންމުކަން ފާހަގަކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު