އަހްމަދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް

3 days ago

އަފްރާހް

އަހްމަދިއްޔާ ސްކޫލުގެ ލިޓްލް މެއިޑް ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.


މިއީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.


އަހްމަދިއްޔާ ސްކޫލުގައި މިއަދު ކުރިއަށްދިޔަ ސެޝަންގައި އެ ސްކޫލުގެ 86 ލިޓްލް މެއިޑް ދަރިވަރުން ބައިވެރިވިއެވެ. 


މި ސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ.


މި ސެޝަންގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު