ކުރީ ސަރުކާރުން ބަޖެޓަށްވުރެ އިތުރަށް 2 ބިލިއަން ރުފިޔާ ހަރަދުކުރި: އޭޖީ

3 days ago

އަފްރާހް

ކުރީގެ ސަރުކާރުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ މިދިޔަ އަހަރުތަކުގައި ހަރަދުކޮށްފައިވާކަމަށް އެޓރަނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ފިނޭންސް މިނިސްޓަރާއި އެޓަރނީ ޖެނެރަލް ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮކްޓޯބަރ 19 ވީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


އޭޖީ އުޝާމް ވަނީ ކުރީގެ ސަރުކާރުން ބިލިޔަނުން ފައިސާ ހަރަދުކުރުމަށްފަހު، މާލީ ވުޒާރާގެ ސިސްޓަމްގެ ތެރެއިން އެކައުންޓް ނުކުރެވިވާކަން ހާމަކުރައްްވާފައެވެ. އަދި މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރަށް އިތުރަށް ހަރަދު ނުކުރަން ގާނޫނުން ލާޒިމްކުރާއިރު، އެއާ ހިލާފުވުމަކީ ގާނޫނާއި ހިލާފުކަމެއްކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ވޭތުވެދިޔަ ދެތިން އަހަރު ނިޒާމީ ގޮތުން ދައުލަތުގެ ހަރަދު ރެކޯޑުކުރަމުން ދިޔަގޮތާއި ގުޅިގެން ހުރި ސީރިއަސް މައްސަލަތައް ބެއްލެވުމަށްފަހު، އޮޑިޓަރ ޖެނަރަލް ރިޕޯޓު ނެރުއްވުމާއެކު އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.


"މި އަހަރު އެ ފައިސާ ރެކޯޑް ކުރެއްވިއްޖެނަމަ، އެއީ ގާނޫނާއި ހިލާފުކަމަކަށްވާނެ. ކުރީ ސަރުކާރުން ހަރަދުކުރި ސީދާ އަދަދު ނޭނގުނަސް 2 ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަން ކަށަވަރު." އޭޖީ ވިދާޅުވިއެވެ.


އެޓަރނީ ޖެނެރަލް އިތުރަށް ވިދާޅުވީ ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި އެހާ ބޮޑު ގޯހެއް ހަދާފައިވާއިރު އެއީ މި ސަރުކާރުން އަޅާނުލާ ދޫކޮށްލާނެކަމެއް ނޫން ކަމަށެވެ. އަދި ކުރިއަތް އޮތްތާނގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ގާނޫނަށް ގެންނަވަންޖެހޭ އިސްލާހުތައް ގެންނަވާނެކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު