ޔޫ.އެން.ޑީ.އާރ.އާރ.ގެ އެންމެ އިސްވެރިޔާއާ މިނިސްޓަރ ޣައްސާން ބައްދަލުކުރައްވައިފި

3 days ago

އަފްރާހް

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް އަދި ޔޫ.އެން.ޑީ.އާރ.އާރ.ގެ އެންމެ އިސްވެރިޔާ ކަމާލް ކިޝޯރުއާ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ބައްދަލުކުރައްވައިފިއެވެ.


އެ ބޭފުޅުން ބައްދަލުކުރައްވާފައި ވަނީ ފިލިޕީންސްގެ މެނިލާގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ ހަވާސާގައެވެ. 


މި މިބައްދަލުވުމުގައި، ޔޫ.އެން.ޑީ.އާރ.އާރ.އިން ރާއްޖެއަށާއި އެން.ޑީ.އެމް.އޭ.އަށް މި ދާއިރާއިން ވެދެމުންދާ އެހީތެރިކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ދިފާޢީ ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.


މިބައްދަލުކުރެއްވުމުގައި އެން.ޑީ.އެމް.އޭ.ގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަންއާއި ވަފުދުގެ އެހެން ބައިވެރިން ބައިވެރިވެވަޑައިގަތެވެ. 


ކިޔުންތެރިންގެ ހިޔާލު