ކަލައިދޫގައި ފަޔަރ އެވެއަރނަސް ސެޝަނަކާއި ބޭސިކް ފަސްޓް އެއިޑް ސެޝަނެއް

3 days ago

އަފްރާހް

ހައްދުންމަތީ ކަލައިދޫގައި ފަޔަރ އެވެއަރނަސް ސެޝަނަކާއި ބޭސިކް ފަސްޓް އެއިޑް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.


މި ދެ ސެޝަން ވެސް ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރ 19 ވަނަ ދުވަހުއެވެ. އެގޮތުން ފަޔަރ އެވެއަރނަސް ސެޝަނުގައި އެރަށުގެ އާންމު ރައްޔިތުންނާއި ސަރުކާރުގެ އިދާރާތައް ހިމެނޭހެން 25 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.


މި ސެޝަނުގައި އަލިފާނަކީ ކޮބައިކަމާއި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ބެހިގެންވާ ކުލާސްތައް ކިޔަވައިދިނެވެ. އަދި އަލިފާން ނިއްވާނޭ ގޮތާއި، ގޭސް ލީކުވުމުން ޢަމަލުކުރާނޭ ގޮތާއި، އަލިފާން ނިވި ބޭނުންކުރާނޭ ގޮތް ވެސް ވަނީ ކިޔައިދީފައެވެ.


މީގެއިތުރުން ސެޝަނުގެ ބައިވެރީން ވަނީ ފަޔަރ ބްލޭކެންޓް ބޭނުންކުރާގޮތް ޢަމަލީގޮތުން ފަރިތަކޮށްފައެވެ.


ބޭސިކް ފަސްޓް އެއިޑް ސެޝަންގައި ވެސް 25 ފަރާތަކުން ބައިވެރިވެފައިވެއެވެ.


މި ސެޝަނުގައި ވަނީ ބޭސިކް ފަސްޓް އެއިޑް، ސީޕީއާރު، ބަރން، ޗޯކިންގ، ފްރެކްޗަރ، ބްލީޑިންގ އަދި ބެންޑޭޖިންގގެ ބައިތައް ކިޔާދީފައެވެ.


މިއީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއިކަލައިދޫ ކައުންސިލާއި، އެރަށު ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީން ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި މައުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގައި މަސައްކަތްކުރާ، މި ދާއިރާތަކުން ތަމްރީނާއި، ތަޖުރިބާ ހާސިލްކޮށްފައިވާ ސިފައިންނެވެ.


ކިޔުންތެރިންގެ ހިޔާލު