ޑިމެންޝިއާ އަށް ސްކްރީން ކުރުމާއި ހޭލުންތެރި ކުރުމުގެ ހަރަކާތެއް އިސްރަށްވެހިންގެ ނާދީގަ

3 days ago

އަފްރާހް

ޑިމެންޝިއާ (އަކުސަ) އަށް ސްކްރީން ކުރުމާއި ހޭލުންތެރި ކުރުމުގެ ހަރަކާތެއް އިސްރަށްވެހިންގެ ނާދީގައި ބޭއްވުމަށް ނިންމައިފިއެވެ.


އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ސިލްސިލާކޮށް ކުރިއަށްގެންދާ ސެޝަންތަކުގެ ތެރޭގައި ހިމެނޭ މި ހަރަކާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އޮކްޓޯބަރ 20 އަދި 21 ގައެވެ. މި ދެ ދުވަހު ވެސް މި ހަރަކާތް އޮންނާނީ މެންދުރުފަހު 1 ން ހަވީރު 3 ޖަހަންދެނެވެ.


މީގެ ހަރަކާތެއް އޮކްޓޯބަރ 19 ވީ ހޮނިހިރު ދުވަހު ވެސް އިސްރަށްވެހިންގެ ނާދީގައި ވަނީ ބާއްވާފައެވެ.


މި ސިލްސިލާގައި ހިމަނައިގެން އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ ފުވައްމުލައް ސިޓީގެ ޒިކްރާ އިންޓަރނޭޝަނަލް ކޮލެޖާއި އައްޑު އެކިއުޓޯރިއަލް ހޮސްޕިޓަލް (އޭއައިސީ) ގައި ވެސް މި ހަރަކާތް ހިންގާފައެވެ.


މި ސެޝަނާއި ގުޅޭގޮތުން 'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން އެ ސޮސައިޓީގެ ކޯފައުންޑަރ އަދި ޗެއަރޕާރސަން ހުސައިން ނިޔާޒު ވިދާޅުވީ މި ސެޝަންތަކުގައި ވެސް ޑިމެންޝިއާ އާއިގުޅޭ މައުލޫމާތު ދީފައިވާ ކަމަށެވެ.


އެ ސޮސައިޓީން މީގެކުރިން ވެސް ވަނީ ޑިމެންޝިއާ (އަކުސަ) އަށް ހޭޅުންތެެރި ކުރުވުމުގެ ޕްރޮގްރާމުތައް ކުޅުދުއްފުށި ސިޓީ، އައްޑު ސިޓީ، ފުވައްމުލައް ސިޓީ އަދި މާލެ ސިޓީގައި ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު