އެމްއެމްއޭ ގެ މުވައްޒަފުންނަށް ފަޔަރ ސްކޮޑް ޓްރެއިނިންގ ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފި

3 days ago

އަފްރާހް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މުވައްޒަފުންނަށް ފަޔަރ ސްކޮޑް ޓްރެއިނިންގ ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފިއެވެ.


އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އެމްއެމްއޭގެ 10 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.


މިއީ މި މަހުގެ 19 އިން 21 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމުގައި ކިޔަވައިދެއްވާ ބައިތަކުގެތެރޭގައި ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގުއިޝަރސް ހިމެނެއެވެ. އަދި އިންސިޑެންޓް މެނޭޖްމަންޓް ސިސްޓަމް، ޕޯޓަބަލް ފަޔަރ ޕަމްޕް، ފަޔަރ ރޯޕްސް އެންޑް ނޮޓްސް، ފަޔަރ ޑިޓެކްޝަން އެންޑް އެލަރމް ސިސްޓަމްސް ވެސް ހިމެނެއެވެ.


މީގެއިތުރުން ފަޔަރ ސްޓްރީމް، ފަޔަރ ހޯސް، އަދި ފަޔަރ ފައިޓަރ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ވެސް ހިމެނެއެވެ.


މި ޕްރޮގްރާމްގެ ކުލާސްތައް ނަގައިދެއްވާނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު