އެޕްރީލް މަހުގެ 22 ގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފި

4 months ago

އަފްރާހް

މިއަހަރުގެ އެޕްރީލް މަހުގެ 22 ގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އެ މިނިސްޓްރީން ވޭތުވެދިޔަ ހަ މަސްދުވަހު ހޯދި ކާމިޔާބީއާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


މިނިސްޓަރ ވިދާޅުވީ މިހާރު މަސްވެރިންނަށް ދޫނޫކުރެވި 61 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.


މީގެއިތުރުން ޚަރަދު ކުޑަކޮށް ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދެއްކުމަށް ވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، މިނިސްޓަރ ޝިޔާމް ވަނީ މިފްކޯ އިން ތެލަށް ކުރާ ޚަރަދު ކުޑަކުރެވިގެން ނޫނީ މިފްކޯގެ ޚަރަދު ކުޑަ ނުކުރެވޭނެތީ އެ ކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.


އެގޮތުން ސަރުކާރުން ވަނީ މިފްކޯގެ ފެކްޓަރީތަކަށް ބޭނުންވާ ހަކަތައިގެ 35 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ނިންމާފައި ކަމަށާއި މިކަމަށް ވޯލްޑް ބޭންކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިންނަށް 250 މިލިއަން ނުދެވިހުރިއިރު، އޭގެ ފަހުން މަސްވެރިންނަށް ފައިސާ ދޫކުރުމަށް އެކި މަސައްކަތްތައްކޮށް ސަރުކާރުން ވަނީ ބިލްތައް މިދިޔަ އެޕްރީލް މަހާއި ހަމައަށް ހަލާސްކޮށްފައެވެ.


އަދުގެ ސަރުކާރުން ވައުދުވެވަޑައިގެންފައިވަނީ މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު