ތެލުގެ އަގަށް ހެޔޮ ބަދަލެއް އެސްޓީއޯ އިން ގެނެސްފި

4 months ago

ސާއި

ރާއްޖޭގައި އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ހެޔޮ ބަދަލެއް ގެނެސްފިއެވެ.


މި ބަދަލާއެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަކޮށްފައެވެ. އެގޮތުން މޭ 27 ވަނަ ދުވަހުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް 13.98 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް 13.92 ރުފިޔާ އަށް ކުޑަކޮށްފައިވާ ކަމަށް އެސްޓީއޯ އިން ވިދާޅުވެއެވެ.


މި ބަދަލު އައުމުގެކުރިން ޕެޓްރޯލް ލީޓަރެއް 14.33 ރުފިޔާ އަށް ވިއްކަމުން އައިއިރު، ޑީސަލް ލީޓަރެއް ވިއްކީ 14.62 ރުފިޔާއަށެވެ.


އެސްޓީއޯ އިން ވިދާޅުވަނީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ އަދި ކުރާނީ ވެސް އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ.


އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގައި ވިއްކާ އަގުތަށް ވެސް ބަދަލު ކުރަމުން ދާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއެކު، އެ ކުންފުނިން ގެންދަވަނީ ހެޔޮ ބަދަލުތައް ގެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު