1 month ago
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާ އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ ރެއަށް ބަދަލުކޮށްފިއެވެ.
އެމްއެމްސީން އެކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
"ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ 30 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ރެއަށް ފަސްކުރެވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަން." އެ ޕޯސްޓުގައި ވެއެވެ.
އެހެންނަމަވެސް އޮކްޓޯބަރުގެ 28 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ކުރިން ނިންމާފައިޥާ މި ހަފުލާ ބަދަލުކުރި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
<blockquote class="twitter-tweet"><p lang="dv" dir="rtl">ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ 30 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ރެއަށް ފަސްކުރެވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަން.</p>— Maldives Media Council (@mmc_mv) <a href="https://twitter.com/mmc_mv/status/1850169875219837147?ref_src=twsrc%5Etfw">October 26, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
މި އިނާމަށް ނަން ހުށަހެޅުމަށް ހުޅުވައިލުމުން 18 ދާއިރާއަށް 88 ހުށަހެޅުން ލިބިފައިވާކަމަށް އެމްއެމްސީން ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ ހިމެނޭހެން 18 ދާއިރާއަކަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މިއަހަރުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާއެވެ. އަދި ވިޔަފާރިއާއި އިގްތިސާދާއި ކުޅިވަރުގެ ދާއިރާ ވެސް ހިމެނެއެވެ.
މީގެއިތުރުން ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއާއި ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާއާއި ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ، ފީޗަރ ރިޕޯޓުގެ ދާއިރާ، ތާރީޚާއި ސަގާފަތުގެ ދާއިރާ ވެސް ހިމެނެއެވެ.
ދިވެހި ނޫސްވެރިންނަށް ހިތްވަރުދީ، ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް، ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑު ހިފަހައްޓައި، ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ބާރު އެޅުމުގެ ގޮތުން ދޭ މި އިނާމުގައި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާއާއި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ ވެސް ހިމަނާފައި ވެއެވެ. އަދި އޯޑިއޯ ޖާނަލިޒަމްއާއި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމާއިި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ވެސް ހިމެނެއެވެ.
މީގެއިތުރުން އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމާއި އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު ވެސް މިއަހަރު ދިނުމަށް ވަނީ ނިންމާފައެވެ.