ހެންވޭރު ގެެއެއްގައި ރޯވި އަލިފާނުގެ ހާދިސާއެއް، މީހަކަށް އަނިޔާއެއް ނުލިބޭ

4 months ago

އަފްރާހް

ހެންވޭރު ގެެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ނިއްވާލައިފިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ ހ. ހަމަރޯޅިގެއިން ދުން އަރާކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ މޭ 27 ވަނަ ދުވަހުގެ ހަވީރު 4:36 ހާއިރު ކަމަަށެވެ. އަަދި އެ މައުލޫމާތު ލިބުމާއެކު އަލިފާން ނިއްވުމުގައި ހަރަކާތްތެރވާ ފަރާތްތަކުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ.


އެ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވެފައި ހުރުމުން އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށައި، ހަވީރު 5:14 ގައި ނިއްވާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


އެ އިދާރާ އިން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައެއް ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު