ސަފީރު ޕެކްޓޭގެ ހިދުމަތުގެ އަގު އަބަދުވެސް ވަޒަން ކުރާނެ: ރައީސް

4 months ago

އަފްރާހް

ސަފީރު ޕެކްޓޭގެ ހިދުމަތުގެ އަގު އަބަދު ވެސް ވަޒަން ކުރާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ފްރާންސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕެކްޓޭ އަވަހާރަވުމާއި ގުޅިގެން ފޮނުއްވި ތައުޒިޔާގެރ މެސެޖުގައެވެ.


ފަރަންސޭސިވިލާގެ ރައީސް އެމަނުއެލް މެކްރޮންއަށް ރައީސް ފޮނުއްވި މެސެޖުގައި ސަފީރު ޕެކްޓޭއަކީ ރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި އިއްޒަތްތެރި ޑިޕްލޮމެޓެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ހިދުމަތުގެ އަގު އަބަދު ވެސް ވަޒަންކުރާނެ ކަމަށް ވިދާޅުވިއެވެ.


ރައީސްގެ މެސެޖުގައި ސަފީރު ޖޯން-ފްރަންސުއާގެ އާއިލާއާއި އެ ގައުމުގެ ރައްޔިތުންނަށް ދިވެހިސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު