އެރޭބިއަން ކަނޑަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

4 months ago

އަފްރާހް

އެރޭބިއަން ކަނޑަށް ބިންހެލުމެއް އަތުވެއްޖެއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހާމަކުރައްވާފައިވާގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާ 216 ކިލޯމީޓަރު ދުރަށެވެ. އަދި މި ބިންހެލުން އައީ މޭ 27 ވީ ހޯމަ ދުވަހުގެ ރޭ 8:26 ގައި ކަމަށެވެ.


މީގެއިތުރުން މި ބިންހެލުން އައިސްފައިވަނީ 4.5 މެގްނިޓިއުޓް ގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހަނިމާދޫގައި ހުންނަ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ރެކޯޑު ކުރެވިފައިވާ ކަމަށެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު 'އޮއިވަރު' އަށް ވިދާޅުވީ މީގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެއްވެސް ނުރައްކަލެއް އޮތްކަަމަށް ވެސް ނުބެެލެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު