އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލިސް މެމްބަރުން ހުވާ ކުރައްވައިފި

4 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިހާބުވި މެމްބަރުން، މަޖިިލިސް މެމްބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.


އެ ބޭފުޅުން މެމްބަރުކަމުގެ ހުވާ ކުރައްވާފައިވަނީ މެ 28 ވަނަ ދުވަހުގެ ހެނދުނު ބޭއްވި ހާއްސަ ޖަލްސާގައެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި މި ޖަލްސާގައި މެންބަރުންނަށް ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޛް އަހުމަދު މުޢުތަސިމް އަދުނާނެވެ. މެންބަރުން ހުވާކުރެއްވުމަށްފަހު ހުވާގެ އިގފްރާރުގައިވަނީ ސޮއިކުރައްވާފައެވެ.


20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 93 މެމްބަރުން ހިމެނިވަޑައިގަންނަވާއިރު، މިއީ މިހައިތަނަށް އެންމެ ގިނަ މެންބަރުން ދާއިރާތައް ތަމްސީލު ކުރާ މަޖިލީހެވެ. މި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕީއެންސީން ހޯދާފައިވާއިރު، މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ ޕީޖީގައި 75 މެންބަރުން ތިއްބަވާނެއެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދު 10:15 ގައެވެ.


މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންތިޚާބު ކުރުމަށް ޕީއެންސީގެ ޕީޖީން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު