އޭޕްރިލް މަހު ރާއްޖެއަށް 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި

4 months ago

ސާއި

ފާއިތުވި އޭޕްރިލް މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު ފައިބެއަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 6 އިންސައްތަ އިތުރުވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފިއެވެ.


ތަފާސްހިސާބުން ދައްކާގޮތުގައި ފައިބެއަހަރުގެ އޭޕްރިލް މަހު 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި އަދަދުވަނީ 4.7 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.


މީގެއިތުރުން ފާއިތުވި އޭޕްރިލް މަހު ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 0.5 އިންސައްތަ އިތުރުވެފައިވާއިރު، 2023 ވަނަ އަހަރުގެ އޭޕްރިލް މަހު 308 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. އަދި މި އަހަރުގެ އޭޕްރިލް މަހު މި އަދަދުވަނީ 310 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.


ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ސިންގަޕޯރ އަދި ޔޫ.އޭ.އީ އެވެ.


އެގޮތުން އޮމާނުން 777 މިލިއަން މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 761 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޗައިނާ އިން 722 މިލިއަން ރުފިޔާގެ މުދާ، ސިންގަޕޯ އިން 537 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ.


މީގެއިތުރުން ޔޫ.އޭ.އީ އިން 467 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކޮށްފައިވާކަަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު