ހުޅުމާލޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި

4 months ago

އަފްރާހް

ހުޅުމާލޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ ހުޅުމާލޭގައި ހުންނަ ރެއިންކްރެސްޓް ރެޒިޑެންސް ކައިރީ ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.


އެ އިދާރާ އިން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 03:58 ހާއިރު ކަމަށާއި މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށާފައި ކަމަށެވެ.


މިގޮތުން ރޯވެފައިހުރި އަލިފާންގަނޑު ނިއްވާލެވުނީ ރޭ 04:30 ހާއިރު ކަަމަށް ވެސް ވިދާޅުވިއެވެ.


މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު