ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގައި ފައިސާ ދެއްކުމަށް ފަސޭހަ މަގެއް

4 months ago

އަފްރާހް

ވިޔަފާރިތަކަށް ވެއިޒިން ޕޭ ތައާރަފް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއީ ޗައިނާގެ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމަށް މަގުފަހި ކުރުމަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ވެއިޒިންޕޭ ތައާރަފްކުރުމަށް ސޮއިކުރި ފަހުމުނާމާއެކެވެ.

އެމްއެމްޕީއާރްސީ އާއި ވީޗެޓް އާއި ދެމެދު ތިން އަހަރު ދުވަހުގެ މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޒިހުނީ ރަޝީދުއެވެ. ވެއިޒިން ޕޭގެ ފަރާތުން ސޮއި ކުރެއްވީ ދެކުނު އިރުމަތީ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ވެއިޒިން ޕޭގެ ކަންޓްރީ މެނޭޖަރު، ސިންގަޕޫރު އަދި ރީޖަނަލް ޑިރެކްޓަރު، ސައުތުއީސްޓް އޭޝިއާ، ވީޗެޓް ޕޭގެ އެޓިއެން އޭންގް އެވެ.

މި ފަހުމުނާމާއާއި ގުޅޭގޮތުން ޒިހުނީ ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް އެންމެ މުހިންމު މާކެޓްތަކުގެ ހިމެނޭ މާކެޓެއް ކަމަށެވެ. އަދި އެހގައުމުން ޒިޔާރަތްކުރާ މީހުންގެ ތަޖުރިބާ ވަރަށް ބޮޑަށް ވަޒަންކުރާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވީ މިއީ ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ގާއިމުކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި އެގައުމޔގެ ފަތުރުވެރިންނަށް މިހާރު އުނދަގުލެއް ނެތި ޕޭމަންޓްތައް ހެދުން ފަސޭހަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު