ބީއެމްއެލްގެ ކާމިޔާބީގެ ބިންގަލަކީ ކަސްޓަމަރުން ދޭ އެއްބާރުލުން: ސީއީއޯ

4 months ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާމިޔާބީގެ ބިންގަލަކީ ކަސްޓަމރުން ދޭ އެއްބާރުލުން ކަމުގައި ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.


އޭނާ މިފަދައިން ވިދާޅުވީ އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަމުންނެވެ.


އެ ޖަލްސާގައި ބީއެމްއެލް އަށް ކަސްޓަމަރުން ކުރާ އިތުބާރަށް ޝުކުރުއަދާކުރައްވައި ވިދާޅުވީ ބޭންކުގެ މި ކާމިޔާބު ދަތުރުގައި ކަސްޓަމަރުން ދެމިތިބުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި ވީހާވެސް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބޭނެ ގޮތްތަކާއި ހިދުމަތް ހޯއްދެވުމުގައި ކުރާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.


މީގެއިތުރުން ހަރުދަނާ މާލީ ނަތީޖާ ހޯދުމުގެ ފަހަތުގައި ވަނީ ކަސްޓަމަރުން ބޭންކަށް ކުރައްވާ އިތުބާރު ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބޭންކުގެ ކާމިޔާބީއާމެދު ފަހުރުވެރިވާކަން ފާޅުކުރައްވައި، މި ކާމިޔާބީ އަށް ވާސިލްވުމަށް ކަސްޓަމަރުންނަށް ދޭ ހިދުމަތް ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު އިންފްރާސްޓްރަކްޗަރ، ޑިޖިޓަލް ސޮލިއުޝަންސް އަދި ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރުމާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީ މުހިންމު ދައުރެއް އަދާކޮށްފައިވާކަން ވެސް ވަނީ ހާމަކުރައްވާފައެވެ.


އެގޮތުން ފައިބެއަހަރު ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވާ ކަމަށާއި މިއީ މިހައިތަނަށް ބޭންކަށް ހޯދުނު އެންމެ މަތީ އަދަދުކަން ފާހަގކުރެއްވިއެވެ. އަދި ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިތިބޭނެކަން ވެސް ފާހަގަކުރެއްވިއެވެ.


ކާރލް އިތުރަށް ވިދާޅުވީ ރާއްޖޭގައި އެންމެން ހިޔާރުކުރާ ބޭންކަށްވުމުގެ އަމާޒުގައި ވަރަށް ވެސް ސާބިތުކަމާއެކު ތިބިކަމަށާއި ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށް ކަމަށެވެ. އަދި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނިވި އަދި ގުޅިގެން އެންމެންނަށް ވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު