ނޭޕާލާއި ރާއްޖޭގެ ގުޅުމަކީ އެއްގައުމު އަނެއްގައުމަށް ކުރާ އިހްތިރާމް: ރައީސް

4 months ago

އަފްރާހް

ނޭޕާލާއި ރާއްޖޭގެ ގުޅުމަކީ އެއްގައުމު އަނެއްގައުމަށް ކުރާ އިހްތިރާމްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ނޭޕާލުގެ 17 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.


އެގައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އާއި ބޮޑުވަޒީރު ފުޝްޕަ ކަމަލް ދަހަލް އަށް ވަކިވަކިން މެސެޖު ފޮނުއްވައި ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް އަދާކުރައްވާ ކަމަށެވެ.


މީގެއިތުރުން ރާއްޖެއާއި ނޭޕާލާއި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއްގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިޔަށް އޮތް އަހަރުތަކަކީ ނޭޕާލުގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއްކަމުގައި ވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު