1 month ago
އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރުން އަނެއްކާ ވެސް ފަސްކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށް އިތުރު މުއްދަތު ބޭނުންވާކަމަށެވެ.
ކުރިން ނިންމާފައި އޮތީ ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު މި ހަފުތާގައި އާންމުކޮށް ޝަކުވާއަށް ހުޅުވައިލުމަށެވެ. އެހެންނަމަވެސް ހައުސިންގ މިނިސްޓްރީގެ ބަޔާނުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހައި އެޕްލިކޭޝަން ފޯމްތައް މުރާޖާކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވަނޯ ވިދާޅުވެފައެވެ.
"ގެދޮރުވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާތީ، އެ ސްކީމުގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަނާ ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މަސައްކަތް ނިމުނުހާ އަވަހަކަށް އާންމު ކުރާނަމެވެ." އެ ބަޔާނުގައި ވެއެވެ.
ރާއްޖޭގައި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެމްޑީޕީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްއާ ގުޅިގެން ގިނަ މައްސަލަތައް ފާހަގަވެ، އޭސީސީން އެ މައްސަލަ ބެލުމަށްފަހު، ހާމަކުރައްވާފައިވަނީ ޝަތުރު ހަމަވެ، އެއްވެސް މައްސަލައެއް ނެތީ އެ ލިސްޓުން 20.7 ޕަސެންޓް ފޯމުގައި ކަމަށެވެ.
އެ ކޮމިޝަނުން އާންމުކުރެއްވި ތަފާސްހިސާބުތަކުގައިވާގޮތުން ޝަތުރު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރި ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި މުޅި ލިސްޓުގެ 59.6 ޕަސެންޓް މީހުން ނުވަތަ ފޯމްގައި ޝަރުތު ހަމަނުވާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރައްވާފައި ވެއެވެ.
އުބައްޖެހި
ފްލެޓްތައް ޓާރޝަރީ ފެންވަރަށް އަޕްގްރޭޑް ކޮއްފަ އަލުން އެހެން ރެގިސްޓްރީ އެއްގެ ދަށުން ދޫކުރާނެއެވެ. ކެތްލަވާށެވެ. އަމިއްލައަށް ކަމެއް ނުކރުރެވުނީމަ ދެން ހެދޭނީ މިހެންނެވެ.
1 month ago
ޖާނޭ
ހަތަރުރވަނައަހަރުގެ ފަހު ދުވަހަށް ދަމާލާ ހޮލިމުއިޒުގެ ފޮނި ވައުދުވާގޮތަށް
1 month ago
ޖާނޭ
ގަތަރު އަހަރުގެ ފަހު ދުވަހަށް ދަމާލާ ހޮލިމުއިޒުގެ ބާރުދަށުން
1 month ago