ސިޑްސް ކޮންފަރެންސްގައި ރައްޔިތުންނަށް މުހިންމު ކަންކަމުގައި ރައީސް ވަކާލާތު ކުރެއްވި: ހީނާ

4 months ago

އަފްރާހް

އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ދިވެހިރައްޔިތުންނަށް މުހިންމު އެކިއެކި ކަންކަމުގައި ރައީސް ޑރ. މުހައަމްދު މުއިއްޒު ވަކާލާތު ކުރެއްވި ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.


ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް ރައީސް ވަކާލާތުކުރައްވާފައިވާ ކަމަށެވެ.


މީގެއިތުރުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓުތަކާއި ލޯނު ލިބުމުގައި ކުރިމަތިވާ ދަތިތައް ފަދަ މުހިންމު ކަންކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވަކާލާތުކުރެއްވިކަން ހީނާ ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު މި ކޮންފަރެންސްގެ ހަވާސާގައި ބައްދަލުކުރެއްވި ބައެއް ގައުމުތަކުގެ އިސްވެރިންނާއި ލީޑަރުންނާއެކު ކުރެއްވި މަޝްވަރާތަކަށް ވެސް މި ޕްރެސް ކޮންފަރެންސްގައި ހީނާ އަލިއަޅުވާލެއްވިއެވެ. 


ކިޔުންތެރިންގެ ހިޔާލު