މަސްވެރިންގެ ދުވަހުގެ އެވޯޑު ފަރުމާކުރުމަށް ހުޅުވާލައިފި

1 month ago

އަފްރާހް

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދޭ އެވޯޑު ފަރުމާކުރުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރެއްގެ ޑިސެންބަރު މަހު ބާއްވާ ހަފުލާގައި ދޭ އެވޯޑު ފަރުމާކޮށް، މިނިސްޓްރީއަށް ޑިޒައިން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ.


އެގޮތުން ޑިޒައިން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން މައުލޫމާތު ކަރުދާހުގައިވާ މިންގަނޑުތަކާ އެއްގޮތަށް އެވޯޑް ފަރުމާކުރުމަށްފަހު، ނޮވެމްބަރ 20 ވާ ބުދަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރީން ހުށަހެޅުމަށް ވަނީ ފުރުސަތު ދީފައެވެ.


fisheriesmanagement@fisheries.gov.mv މެދުވެރިކޮށް ފަރުމާތައް ފޮނުވޭއިރު، މިކަމާއި ގުޅޭ އިތުރު މައުލޫމާތު fisheriesmanagement@fisheries.gov.mv އަށް އީމެއިލް ކުރެއްވުން3339224/3339229 އަަށް ގުޅައިގެން ސާފުކުރެއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.


ކިޔުންތެރިންގެ ހިޔާލު