1 month ago
އެއްއަހަރުގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލާ އެގްރިކަލްޗަރ މިނިސްޓްރީން ފޮތެއް ނެރެފިއެވެ.
މިއީ 17 ނޮވެމްބަރު 2023 ގައި ރައީސް ޑރ. މުޙައްމަދު މުޢިޒު ސަރުކާރު ހިންގުމާއި ހަވާލުވެވަޑައިގެން މުޅިން އަލަށް އުފެއްދެވި ދަނޑުވެރިކާމާއި ދިރޭ ތަކެއްޗާއި ބޭހޭ ވުޒާރާއިން ފާއިތުވެ ދިޔަ އެއްހަރު ކުރެވުނު މަސައްކަތަށް އަލި އަޅުވާލާ ސަރުކާރަށް އެއްއަހަރު ފުރުމާއި ގުޅިގެން ނެރުނު ފޮތެކެވެ.
މި ފޮތް ނެރެދެއްވީ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތި ރަމީލާއެވެ.
މިއަދަށް ސަރުކާރަށް އެއްއަހަރު ފުރުނުއިރު އެ މިނިސްޓްރީން ހަފްތާ 14 ގައި ކުރެވުނު މަސައްކަތްތަކާއި، މި ދާއިރާގައި ރާއްޖޭގެ އެކި އެކި ހިސާބުތަކުގައި ކުރެވިފައިވާ މުހިއްމު މަސައްކަތްތައް ވަނީ ހިމަނާފައެވެ. އަދި ބޭރުގެ އެހީގައި ހިނގަމުންދާ ޕްރޮޖެކްޓްތަކާއި ހޯދިފައިވާ ކާމިޔާބީތަކާއި މިނިސްޓްރީން ބާއްވާފައިވާ އެކި އެކި ބައްދަލުވުންތަކާއި ތަފާސް ހިސާބުތައް ވެސް އެ ފޮތުގައި ހިމަނަފާއިވެއެވެ.
މީގެއިތުރުން މި ފޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރެވުނު ޖަނަވާރުންގެ ދުވަހާއި މިއަހަރުގެ ރާއްޖޭގެ ދަނޑުވެރިންގެ ދުވަސް އަދި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހު ހިންގުނު ހަރަކާތްތަކައް ވެސް ހިމަނާފައި ވެއެވެ. އަދި ހަފްތާ 14 ގެ ދަށުން ޕައިލެޓް ކުރެވުނު ވާރޓިކަލް ފާމިންގ ގެ އިތުރަށް ރާއްޖެއަށް ފުޅާކުރުމަށް މިނިސްޓްރީން މިވަގުތު ޕްލޭންކޮށްފައިވާ ގޮތުގެ މައްޗަށް ވެސް ވަނީ އަލި އަޅުވާލައްވާފައެވެ.
ހަމަމިއާއެކު "52 ހަފްތާ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ކާމިޔާބީތައް 2024" ގެ ނަމުގައި ނެރުނު މިފޮތުގައި މިހާރު ވެސް މިނިސްޓްރީގެ ބަޖެޓްގައި ހިމެނިގެން ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތާއި ކުރިޔަށް ޕްލޭން ކޮށްފައިވާ ބައެއްކަންކަން ހިމަނާފާވެއެވެ. މި ފޮތް މިނިސްޓްރިގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މިއަދުން ފެށިގެން ލިބެން ހުންނާނެއެވެ.