އެމްޓީސީސީން ސުޒުކީ ފުޓްބޯޅަ ފޯރި ފަށައިފި

4 months ago

އަފްރާހް

އެމްޓީސީސީން ސުޒުކީ ފުޓްބޯޅަ ފޯރީގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.


އަންނަ ޖޫން މަހު ފަށާ ޔޫރޯ އާއި ދިމާކޮށް އެ ކުންފުނިން ފެށި މި ޕްރޮމޯޝަން ރަސްމީގޮތުން އިފްތިތާޙުކުރުމަށް މޭ 29 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޗީފް އެގްޒެކެޓިވް އޮފިސަރ ޢަަބްދުالله ޒިޔާދާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


ޖޫން 15 އިން ޖުލައި 15 ވަނަ ދުވަހަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންއަކީ ސުޒުކީ އިންޖީނާއި ސުޒުކީ އިންޖީނުގެ ސްޕެއަރ ޕާރޓްސް, ސުޒުކީ އިންޖީނުގެ އަޑީތެލާއި ގިޔަރުތެޔޮ އަދި މެރޯލް އައުޓްބޯޑުގެ ސްޓިއަރިންގ ސިސްޓަމް ބައްލަވައިގަންނަވާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެކެވެ.


މިފަދަ ޕްރޮމޯޝަނެއް ބޭއްވުމުގެ މަގްސަދަކީ އައުޓްބޯޑު އިންޖީނު ހެޔޮއަގުގައިގަންނަން ބޭނުންވާ ފަރާތްތަކާއި, ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތު ކުރުމާއި, މެއިންޓެނެންސްގެ މަސައްކަތްތަކަށް ބޭނުންވާ ސްޕެއާރ ޕާރޓްސް ބައްލަވައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކަށް ހެޔޮ އަގެއްގައި އެ ސާމާނު ފޯރުކޮށްދިނުމެވެ.


އެމްޓީސީސީން ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ބައެއް އޮޑިހަރުގެތަކާއި ބޯޓުޔާޑުތަކަށް އެ ކުންފުނީގެ ޓީމުތަކުން ދާނެކަމަށެވެ. އަދި އިންޖީނު މަރާމާތު މަސައްކަތްކުރާ ވޯރކްޝޮޕްތަކާއި ސަރވިސް ސެންޓަރުތަކަށް އަމާޒުކޮށް ހާއްސަ ފީލްޑް ވިޒިޓްތަކެއް ވެސް ކުރުމަށް ނިންމާފައިވާ ކަަމަށެވެ.


އިތުރަށް ވިދާޅުވީ ދުއްވަމުންދާ އުޅަނދުފަހަރުގެ އިންޖީނު ސަރވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއި މެއިންޓެނެންސްއާ ގުޅޭގޮތުން އިތުރަށް ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދިނުން ވެސް ނިންމާފައިވާ ކަމަށެވެ. އަދި ޓީވީއާއި ރޭޑިއޯ އަދި ކުންފުނީގެ ސޯޝަލް މީޑިއާ މަންސަތަކުން ވެސް މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު