1 month ago
ދާލަން އެކްސްޕޯގެ ލަކީޑްރޯގެ ނަސީބުވެރިންނަށް ސްކޮލަރޝިޕް ހަވާލުކޮށްފިއެވެ.
ދާލަން: ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2024" އަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އެޑިއުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) ގެ އެއްބާރުލުމާއެކު، އެ މިނިސްޓްރީން ވަނީ ދާލަން ލަކީ ޑްރޯގައި ބައިވެރިވެ، ގުރުވަތުން ހޮވުނު ދިވެހި ފަސް ދަރިވަރަކަށ ފަސް ދާއިރާއަކުން މެލޭޝިޔާގައި ކިޔެވުމުގެ ފުރުސަތު ހުޅުވައިލާފައެވެ.
ސްކޮލަރޝިޕް ހާސިލުކުރެއްވި ދަރިވަރުންނަކީ ބެޗްލަރސް އޮފް ޖަރނަލިޒަމް އިން އަޙްމަދު ޒައިދާން މުޙައްމަދު މުސްތަފާ، ބެޗަލަރސް އޮފް އާރޓިފިޝަލް އިންޓެލިޖެންސް އިން މޫސާ ޙޫދް އިބްރާޙިމް، ބެޗްލަރސް އޮފް ސޮފްޓްވެއަރ އިންޖީނިއަރިންގއިން އައިޝަތު މާނީ ނާސިޙް އިބްރާޙިމް އާއި ބެޗްލަރ އޮފް މެރިން ބަޔޯޓެކްނޮލޮޖީން އިސްމާޢިލް ރިފާޢު އަދި ބެޗްލަރސް އޮފް ޑިޖިޓަލް މީޑިޔާ ޓެކްނޮލޮޖީން މުޙައްމަދު އިޔާލް ނަސީމް އެވެ.
މި ފަރާތްތަކަށް ސްކޮލަރޝިޕް ހަވާލުކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި، ޑައިރެކްޓަރ ޖެނެރަލް، ފާތިމަތު ޝިފްޒާ ހުސައިން، ސްކޮލަރޝިޕް ސެކްޝަންގެ އެސިސްޓަންޓް ޑިރެކްޓަރ، މަރްޔަމް ސަމްރަތް އަދި މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.