ދައުލަތުގެ އެންމެ މުހިންމު އެއް ވާޖިބަކީ ރައްޔިތުންނަށް އިންސާފު ގާއިމްކޮށްދިނުން: އިހްސާން

4 months ago

އަފްރާހް

ރައްޔިތުންނަށް އިންސާފު ގާއިމްކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ވާޖިބު ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.


ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ދިވެހި ރައްޔިތުންނާއި ސަރުކާރުން ފުލުހުންގެ ފަރާތުން އެދޭ ވަރަށް ގިނަ ކަންކަމާއި ފޮނި އުއްމީދުތަކެއް އެބަ ހުރި ކަމަށެވެ.


މިގޮތުން ރާއްޖެއަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތް ކުރެވިފައިވާ މުޖުތަމައު އަކަށް ހެދުމާއި ގޭންގު ހަދައިގެން ކުށް ކުރަމުންދާ ވެއްޓެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރުން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ގާނޫނީ އިމަށް ގެނައުމަށް އެހީތެރިވުމަކީ މީގެ ތެރެއިން އެންމެ މުހިންމު ކަންކަން ކަަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން މިކަންކަން ވިޔަ ނުދިނުމަށް ދައުލަތުގެ އެތެެރެ އާއި ބޭރުން އަދި މިކަންކަން ކުރުމުގައި ޝާމިލްވާ ފަރާތްތަކުގެ ފަރާތުން ރިޝްވަތު ހުށަހެޅުމާއި އިންޒާރުދީ ބިރުދެއްކުމާއި ފުރައްސާރަކޮށް މަސައްކަތަށް ހުރަސް އެޅުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާން މާހައުލެއް ހޯދައިދިނުމަކީ އަދުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ވެސް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު