ހައްޖާޖީންނަށް ތަމްރީނު ޕްރޮގްރާމެއް ފަށައިފި

4 months ago

އަފްރާހް

ރާއްޖެއިން މިއަހަރު ހައްޖަށްދާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމުތަކެއް ފަށައިފިއެވެ.


މޭ 29 ވަނަ ދުވަހުގެ ރޭ ރުބާރުގޭގެ ފާށަނާ މާލަމުގައި ފެށި މި ތަމްރީންތަކަކީ މި އަހަރުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖަށް ދާ ފުރަތަމަ ފުލައިޓުގައި ދަތުރު ކުރާ ހައްޖާޖީންނަށް ހާއްސަކޮށްގެން ބޭއްވި ޕްރޮގްރަމެކެވެ.


ރާއްޖެއިން މިއަހަރު ހައްޖަށް މީހުންގެންދާ ފުރަތަމަ ފްލައިޓު އޮންނާނީ މޭ 31 ވަނަ ދުވަހުއެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ އިންތިޒާމްތަކާއި ތައްޔާރީތައް މިހާރުވަނީ ފުރިހަމަކޮށްފައެވެ.


އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހަައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މަސައްކަތްކުރާ އިސްފަރާތްތަކާއި އިދާރާތަކާއެކު ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައއިވާ ކަމަށެވެ.


އާއްމު އުސޫލުން ކޮންމެ އަހަރަކު ވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ހައްޖު ކޯޓާ ލިބޭއިރު، ސަރުކާރުން ނިންމަވާފައިވަނީ މިހުރިހައި ކޯޓާއެއް އްޖުގެ ޙައްޖު ކޯޕަރޭޝަނަށް ދިނުމަށެވެ. އެއީ ހައްޖުގެ އަޅުކަމަށް ދާ މީހުންނަށް ބޭނުންވާ ހިދުމަތްތައް ހަރުދަނާކުރުމަށެވެ. މީގެތެރެއިން 50 ކޯޓާ، ސަރުކާރުގެ ޚަރަދުގައި ނިކަމެތިންނަށް ކަނޑައަޅާފައިވާއިރު، އެ ފުރުސަތު ލިބޭ މީހުން ވެސް މިހާރު ވަނީ ހޮވާފައެވެ.


ކިޔުންތެރިންގެ ހިޔާލު