4 weeks ago
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހިންގާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމް (އެސްޖޭޕީ) ޕްރޮގްރާމުގެ ދަރިވަރުންނަށް އިންޓަރންޝިޕް ހުޅުވާލައިފިއެވެ.
އެމްއެމްސީން މީސްމީޑިއާގައި ހާމަކުރައްވާފައިވާ ގޮތުގައި އެ ދަރިވަރުންނަށް އިންޓަރންޝިޕް ދޭން ބޭނުންވާ މީޑިއާތަކަށް މިހާރުވަނީ އެ ފުރުސަތު ހުޅުވައިލާފައެވެ.
'އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެ ފުރުސަތު ދިނުމަށް ބޭނުންވާ މީޑިއާތަކުން މި ހިނގާ ނޮވެމްބަރ މަހުގެ 26 ވާ އަންގާރަ ދުވަހުގެ މެންދުރު 2 ޖެހުމުގެކުރީން އެކަމަށް ކަނޑައަޅާފައިވާ ގޫގަލް ފޯމު ފުރުމަށް ވަނީ އެދިލައްވާފައެވެ.
އެކައުންސިލުން ވަނީ ސްކޫލުތަކުގެ ދަރތިވަރުންނަށް ހިންގި މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ ދަރިވަރުންގެ ތެރެއިން 40 ދަރިވަރުން އިންޓަރންޝިޕަަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އެސްޖޭޕީ ޕްރޮގްރާމަކީ ސްކޫލު ނިންމާ ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާ އަށް ވައްދައި، އެ ދާއިރާގައި ޒުވާން ޖީލެއް ބިނާކުރުމުގެ މަގްސަދުގައި އެމްއެމްސީން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައި ވެސް ގެންދަނީ ހިންގަމުންނެވެ.
ނޫސްވެރިކަމުގެ އެކި ދާއިރާގެ ފުންނާބު އުސް ފަރާތްތަކުން މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާ މި ޕްރޮގްރާމުގައި ތިއަރީބަޔާއި ޕްރެކްޓިކަލް ކިޔަވައިދެއެވެ.
ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ދަރިވަރުންނަށް އިންޓާންޝިޕް ދޭން ބޭނުންވާ މީޑިއާތަކަށް ފުރުސަތު ހުޅުވާލުން
— Maldives Media Council (@mmc_mv) November 24, 2024
އިންޓާންޝިޕް އުސޫލުhttps://t.co/QcWpLFymjb
އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމްhttps://t.co/EfkIi5QRi9
މީޑިއާ ރަޖިސްޓްރީ ފޯމްhttps://t.co/mei7Iooz0j pic.twitter.com/qcXv9FQ3Ns