ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދަނީ ސީއެމްސީ ކުންފުންޏަށް ފައިސާ ނުހޯދިގެން: މިނިސްޓަރ

6 months ago

އަފްރާހް

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދަނީ ސީއެމްސީ ކުންފުންޏަށް ފައިސާ ނުހޯދިގެން ކަމުގައި ކޮންސްޓަރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.


އެ މިނިސްޓްރީން މޭ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިނިސްޓަރ ވިދާޅުވީ ކަންއެހެންއޮތްނަމަވެސް އެހެން ފަރާތްތަކާ މަޝްވަރާކޮށް ސަރުކާރުން މަސައްކަތް ކުރަނީ މިއަހަރުގެ ނިޔަލަށް ބިން ހިއްކާ ނިންމުމަށް ކަމަށެވެ.


ސަރުކާރަށް ގިނަ ކާމިޔާބީތަކެއް އެކަން ކުރުމުގައި ލިބިފައިވާ ކަމަށާއި އެހެން މޮޑެލްއެއް މެދުވެރިކޮށް ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން މިފަދަ ގޮންޖެހުންތައް ކުރިމަތިވީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި މި މަޝްރޫއު ހިންގުމަށް ހިމެނި ފައިސާ އުނިކުރުމުންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު