6 months ago
ކަރަންޓު ބިލު ބޮޑުވެގެން ޝަކުވާ ހުށަހެޅުމަށް ހާއްސަ ނަމްބަރެއް ސްޓެލްކޯ އިން ހަމަޖައްސައިފިއެވެ.
އެ ކުންފުނިން ވިދާޅުވީ ކަރަންޓް ބިލުތަކާއި ގުޅިގެން ކަސްޓަމަރުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ކުންފުނީގެ ކަސްޓަމަރ ސަރވިސް އެންޑް ބިލްޑިންގ ގެ ނަމްބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
މީގެއިތުރުން އީމެއިލް މެދުވެރިކޮށް ނަމަ، billing@stelco.com.mv އަަށް ހުށަހެޅުމަށް ވަނީއެދިލައްވާފައެވެ. އަދި ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދާރީވުމަށް މަސައްކަތް ކުރަމުން އަންނަކަަމަށް ވެސް ސްޓެލްކޯ އިން ވިދާޅުވެއެވެ.
އެ ކުންފުނިން މިގޮތަށް ނަމްބަރެއް ހަމަޖައްސާފައިމިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ކަރަންޓު ބިލްތައް ބޮޑުވުމާއި ގުޅިގެން ގިނަ ބައެއްގެ ޝަކުވާ އާއި ފާޑުކިޔުން ސްޓެލްކޯ އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
އެފާޑުކިޔުންތަކާއި ގުޅިގެން ސްޓެލްކޯ އިން ވިދާޅުވީ ކަރަންޓު ބިލް ބޮޑުވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށާއި ކަރަންޓު ގިނައިން ބޭނުންކުރަނީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށް ވާތީކަމަށެވެ.