ބީއެމްއެލް ވާއު ކިޑްސް ރަން ބާއްވައިފި

4 months ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ 'ބީއެމްއެލް ވާއި ކިޑްސް ރަން' ބާއްވައިފިއެވެ.


އެބޭންކާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން ބާއްވާ މި ދުވުމުގައި 760 އަށްވުރެ ގިނަ ކުދިން މިއަހަރު ބައިވެރިވެފައިވާކަަމަށް ބީއެމްއެލް އިން ވިދާޅުވެއެވެ. އަދި ތިން އުމުރުފުރާއަކަށް ބޭއްވި މި ދުވުމުގައި ތިން އަހަރާއި 5 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު އަދި 9 އަހަަރާއި 11 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިން ދުވެފައިވާ ކަމަށް ވިދާޅުވިއެވެ.


ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ޖޫން 1 ވަނަ ދުވަހު ބޭއްވި މި ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ.


މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި އަށްވަނަ އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު