އިމާމުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއުގެ އެންމެފަހު ބެޗް ފަށައިފި

1 week ago

އަފްރާހް

އިމާމުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއުގެ އެންމެފަހު ބެޗް ފަށައިފިއެވެ.


އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މި މަޝްރޫއުގައި 2024 ވަނަ އަހަރަށް ރޭވިފައިވާ ގޮތުގެމަތިން، މި ބެޗުގެ ތަމްރީނު ނިމުމާއެކު ރާއްޖޭގެ އެންމެހައި މިސްކިތްތަކުގެ އިމާމުން ތަމްރީނުކޮށް ނިމޭނެއެވެ. މި މަޝްރޫއުގެ ދަށުން މިހައިތަނަށް 818 އިމާމުން ވަނީ ތަމްރީނު ކުރެވިފައެވެ.


މި ތަމްރީނުގައި އިމާމުންނަށް ފިޤުހު، ހަދީސް އަދި ތަފްސީރުގެ އިތުރުން މުޖުތަމައު ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރާއި އިމާމުންގެ ވަޒީފާއާ ގުޅޭ ޤަވާއިދުތަކުގެ މައުލޫމާތު ދަނީ ދެމުންނެވެ.


އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިމާމުންގެ ހުނަރުތައް ތާޒާކޮށް، އިތުރު ތަމްރީނުތައް ދިނުމަަށް އެ މިނިސްޓްރީން އިސްކަންދޭ ކަމަށެވެ. އަދި މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އިމާމުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވިފައިވާކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން މި ތަމްރީނު ޕްރޮގްރާމުން ލިބޭ މައުލޫމާތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިމާމުންގެ ކިބައިން މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު