ބީއެމްއެލް މާފުށި ބްރާންޗުން ދޭ ހިދުމަތަށް އިތުރުފުރިހަމަކަމެއް

4 months ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާފުށި ބްރާންޗުން ދޭ ހިދުމަތަށް އިތުރުފުރިހަމަކަމެއް ގެނެސް، އިތުރު ހިދުމަތްތައް ދޭން ފަށައިފިއެވެ.


އެގޮތުން އެ ބްރާންޗުން ފަރުދުންނާއި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމާއި ލޯނާއި ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. އަދި ޗެކް ޑިޕޮސިޓް ކުރުމާއި ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ އައު ހިދުމަތްތަކެއް މިހާރުލިބޭނެއެވެ.


މީގެ އިތުރުން އެ ބްރާންޗުގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ވެސް ލިބޭނެކަމަށް ބީއެމްއެލް އިން ވިދާޅުވެއެވެ.


އެ ބޭންކުން ވިދާޅުވީ އެރަށަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަކަށްވުމުން އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެ ބޭންކިންގ ހިދުމަތަށް އޮތް ޑިމާންޑު ވެސް މިހާރުވަނި ބޮޑުވެފައި ކަމަށެވެ.


މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލުން ދަނީ 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އޮންލައިން ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު