އުރީދޫ ސައިކަލް ޕްރޮމޯޝަން ނިމެނީ، ސައިކަލެއް ލިބުމުގެ ފުރުސަތު އަދިވެސް އެބައޮތް

12 hours ago

އަފްރާހް

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ 3 ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަންގައި މިހައިތަނަށް 25 ނަސީބުވެރިން ހޮވިފައިވާކަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައިފިއެވެ.


އެހެންކަމުން އިތުރު 5 ސައިކަލެއްގެ ނަސީބުވެރިފަރާތް ހޮވަން އޮތްއިރު، ކަސްޓަމަރުންނަށް އަދިވެސް މި ޕްރޮމޯޝަންގައި ބައވެރިވެ، އިނާމު ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.


ބާކީ ހުރި ސައިކަލުތަކުގެ ތެރޭގައި އެއަރބްލޭޑް 160، އެއަރބްލޭޑް 125 ހިމެނެއެވެ. އަދި ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު - ޕީސީއެކްސް 160 ގެ ވެސް ހިމެނެއެވެ. އަދި މުޅި ޕްރޮމޯޝަން ގެ އެންމެ އަގު ހުރި އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ 2024 ރެބެލް 300 ސައިކަލު ވެސް ހިމެނެއެވެ.


މި ޕްރޮމޯޝަންގައި މިހާރު ކާމިޔާބު ކުރުމަށް ބާކީ ހުރި ސައިކަލުތަކުގެ ތެރޭގައި 2 އެއަރބްލޭޑް 160 – ސްޓޭންޑަރޑް އެޑިޝަން ، 1 އެއަރބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން ، ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު - ޕީސީއެކްސް 160 އަދި އެންމެ އަގު ހުރި އިނާމު - ރެބެލް 300 (2024) ހިމެނެއެވެ.


މިއަހަރުގެ ސެޕްޓެމްބަރ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ 3 ދުވަހަކުން އެއް ސައިކަލު ދެމުން އަންނައިރު، ކެމްޕެއިން ނިމޭއިރު 30 ފަރާތަކަށް ސައިކަލު ދެވޭނެއެވެ.


މި ޕްރޮމޯޝަން 31 ޑިސެމްބަރު އާ ހަމައަށް ކުރިއަށްދާއިރު، ބާކީ ހުރި 5 ސައިކަލު ހޯދުމުގެ ފުރުސަތު އަދިވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫގެ ހުރިހައި ކަސްޓަމަރުންނާއި އަލަށް އުރީދޫ އާއި ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. އެގޮތުން އުރީދޫ ކަސްޓަމަރެއްނަމަ ފާއިތުވި 30 ދުވަހުގެ ތެރޭގައި 250 ރުފިޔާ އަށްވުރެ މަތިން ބިލް ދައްކައި، ރީޗަރޖުކޮށް ނުވަތަ އެޑް އޮން އެއް ނަގާފައިވާނަމަ ބައިވެރިވެވޭނެއެވެ.


މީގެއިތުރުން އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކައި، ރީޗަރޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކޮށް އަދި އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުނ ވެސް ހިމެނެއެވެ.


މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އަދި މިއީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ ވަޒަން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ވެސް މެއެވެ. 


ކިޔުންތެރިންގެ ހިޔާލު