6 months ago
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ކުރިއަށްގެންދާ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން މިއަހަރު ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ހުޅުވާލާފައިވަނީ ޓަގް އޮޕަރޭޓުންނަށް 08 ޖާގަ އާއި އޮޓޮމޯޓިވް މެއިންޓަނަންސް އަށް 09 ޖާގައެވެ.
މި ޕްރޮގްރާމަށް ހޮވޭޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސްއެއް ލިބޭނެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.
އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހު 3:30 އެވެ.
މި ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު، އަދި ބައިވެރިވުމަށް އެދޭ ފޯމް ގެޒެޓްކޮށްފައިވާ އިޢުލާންގައި ވަނީ ހިމަނާފައެވެ.