ސްޓެލްކޯގެ ބޯޑު މެމްބަރަކަށް ސާޖިދާ

4 months ago

އަފްރާހް

ސްޓެލްކޯގެ ބޯޑު މެމްބަރެއްގެ ގޮތުގައި މަރިޔަމް ސާޖިދާ އައްޔަން ކުރައްވައިފިއެވެ.


'އެކްސް' ގައި ސްޓެލްކޯ އިން ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނީގެ ބޯޑު މެންބަރުކަމަށް ސާޖިދާ އައްޔަން ކުރުމުން އޭނާއަށް ވަނީ މަރުހަބާ ކިޔާފައެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުން މަރިޔަމް ސާޖިދާ ސްޓެލްކޯގެ ބޯޑު މެންބަރުކަމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ކަމަށް ސްޓެލްކޯގެ ވެބްސައިޓުގައި ވެއެވެ. އަދި އޭނާ އައްޔަންކުރައްވާފައިވަނީ ނޮން-އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ކަމަށް ވެސް ވެއެވެ.


ސާޖިދާ އެ މަގާމަށް އައްޔަން ކުރައްވާފައިވީނަމަވެސް އޭނާގެ ވަނަވަރެއް އަދިހާމައެއް ނުކުރައްވައެވެ.


އޭނާވަނީ އިނގިރޭސިވިލާތުގެ ކޮވެންޓަރީ ޔުނިވަރސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޓިވް ދާއިރާ އިން މާސްޓަރސް ހާސިލްކުރައްވާފައެވެ އަދި އެ ގައުމުގެ ހާޓްފަޑްޝަރ ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބީއޭ ވެސް ވަނީ ހާސިލް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު