2 days ago
މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެކިގޮތްގޮތުން އެހީތެރިކަން ބޭނުންވެގެން 400 އަށްްވުރެ ގިނަ ކޯލު ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
އެ އޮތޯރިޓީން ވިދާޅުވީ މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ވެލިބަސްދާ ޖެހުމަށާއި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެގެން 400 އަށްވުރެ ގިނަ ކޯލް ވަނީ ލިބިފައިވާ ކަމަށެވެ.
ރެޕިޑް އެސެސްމަންޓް ހެދުމަށްފަހު ބޮޑަށް އެހީތެރިކަން ބޭނުންވާ 35 ގެއެއްގެ މީހުންނަށް އެހީވުމާއި އެހެންތަންތަނަށް ބަދަލު ކުރަން ޖެހޭ މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ގެއްލުންތައް ލިބެމުންދާތީ މާލޭ ސިޓީ ކައުންސިލާއިި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެކި ސަރަހައްދުތަކުގައި ކުރަމުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މިހާރުކުރަމުން މިދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހު ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.