ޗަކްސް 1964 ބީޗު ގެސްޓްހައުސް: ލޯކަލް ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދާނެ ބްރޭންޑެއް

4 months ago

އަފްރާހް

ރާއްޖޭގައި ލޯކަލް ފަތުރުވެރިކަން އާންމުވެ، ވައިގާ ހިފާފައިވާއިރު، ރާއްޖޭގެ އެކިރަށްރަށުގައި ދަނީ ގެސްޓްހައުސްތައް ހުޅުވައި، ހިދުމަތްދެމުންނެވެ.


މީގެތެރެއިން މިފަހަކަށް އައިސް އެންމެފާހަގަކޮށްލެވޭ އެއް ގެސްޓްހައުސް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މަތީ ފަންތީގެ ހިދުމަތް ތަޖުރިބާކުރެވޭނެ އެންމެ ފުރިހަމަ އައިލެންޑް ގޭޓްވޭ ބީޗް ގެސްޓްހައުސް ބ. ދަރަވަންދޫގައި ތަރައްގީކުރި " ޗަކްސް 1964 ބީޗް" އެވެ.


ކިންގްސް ރޫމް ސީ ވިއުއާއި ކިންގްސް ރޫމް ގާޑަން ވިއު ރޫމްތައް މިތަނުގައި ހުންނައިރު، މި ތަނުގެ އެންމެ ހިތްގައިމު ރޫމްތަކަކީ ކިންގްސް ރޫމް ސީ ވިއުއާ އެކު، އިރުއޮއްސޭ ހިތްގައިމު މަންޒަރު ފެންނާނެ ރޫމްތަކެކެވެ. މިއީ މި ތަނުގެ ޕްރިމިއަމް ރޫމްތަކެވެ. އަދި މިތަނުގެ ހުރިހައި ރޫމްތަކެއްގައި ވެސް ޕްރައިވެޓް ބެލްކަނިތައް ހުރުމަކީ ޗުއްޓީހޭދަކޮށްލަންދާ މީހުންނަަށް އިތުރު ހިތްހަމަޖެހުމެއް ލިއްބައިދޭނެ ކަމެކެވެ.


މިއީ ބީޗް ފްރޮންޓް ހޮޓަލަކަށްވާތީ، އެސަރަހައްދުގައި ގައި ހިމެނޭ ހާއްސަ ބީޗަކީ އެ ތަނުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭ އެއްތަނެވެ. މި ބީޗުގައި ގެސްޓުންނަށް ކޮފީ އާއި އެކި ކަހަލަ ބުއިންތައް ލިބޭނެ ގޮތާއި ހުރިހައި ވަގުތެއްގައި ކެއުން ލިބޭނެ އިންތިޒާމާއެކު ރެސްޓޯރަންޓު ހުރެއެވެ.


މި ހޮޓެލްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) ޑރ. މުހައްމަދު އިބްރާހީމް ވިދާޅުވީ މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންގޮސް، އެންމެ ފުރިހަމަ އައިލެންޑް ގޭޓްވޭ ބީޗް ގެސްޓްހައުސް، މީހުން ދިރިއުޅޭ ރަށެއްގައި ހުރެ ތަޖުރިބާކުރެވޭނެ ކޮންސެޕްޓެއް ކަމަށެވެ.


މީގެއިތުރުން "ޗަކްސް" ބްރޭންޑްގެ ދަށުން ކުރިއަށް އޮތްތާނގައި ހިންގުމަށް ހަމަޖެހިފައިވާ ގެސްޓްހައުސްތަކަކީ ކަސްޓަމަރުންނަށް "ޓޯޓަލް ސޮލިޔުޝަން" އެއް ލިއްބައިދޭނެކަމަށް ވެސް ވިދާޅުވިއެވެ. އަދި މިތަނުގެ އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.


ރާއްޖޭގެ ރީތިކަން އެންމެ ފުރިހަމައަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި ތަނުން އެކްސްކަރޝަންތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބެން ހުރިއިރު، އޭގެތެރޭގައު "ސަންސެޓް ކޮކްޓެއިލް"، "ސަންސެޓް ފިޝިންގ"، ސޭންޑް ބޭންކް ޓުއަރ"، "ސްނޯކްލިންގ އިން ހަނިފަރުބޭ"، "ފުލް/ހާފް ވޭ އެޑްވެންޗާރ ޓްރިޕް"، "ޑައިވިންގ" އަދި އެކި ވައްތަރުގެ މަސްދަތުރުތައް ވަނީ ހިމަނާފައެވެ. މި ހޮޓެލްގައި ޑައިވިންގ އިންސްޓްރަކްޓަރުން ތަމްރީންކުރުމަށް ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް ޓްރެއިނިންގ ސެންޓަރެއް ވެސް ހުރެއެވެ. ގާތްގަނޑަކަށް 65 ޕަސެންޓު ދިވެހި މުވައްޒަފުންނާ އެކު ހިންގަމުން އަންނަ ޗަކްސް 1964 ބީޗް ހޮޓެލްސް އަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް އިސްކަންދޭ ކުންފުންޏެކެވެ.


ކުރިއަށް އޮތް އަޟްހާ އީދު ބަންދަށް ޗުއްޓީ ހޭދަކުރުމަށް "ޗަކްސް 1964 ބީޗް" ގެ ފަރާތުން ދިވެހިންނަށް ވަނީ ވަރަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފައެވެ. މި ޕެކޭޗު ތަކާއިބެހޭ މައުލޫމާތު ހޮޓަލްގެ މީސްމީޑިއާ މަންސަތަކުން ލިބޭނެއެވެ. އަދި ހޮޓެލްގެ ހޮޓްލައިން ނަންބަރު 9351964 އަށް ގުޅާލުމުން ލިބޭނެއެވެ.


ޗަކްސް 1964 ބީޗް ހޮޓެލްސްއިން ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އެ ތަނުގެ ދެވަނަ ހޮޓެލް ބ. ދަރަވަންދޫގައި ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ފެށުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.


މި ތަނުގައި 53 ރޫމް ހެދުމަށް ހަމަޖެހިފައިވާއިރު، މިތަނުގެ ހިދުމަތްތަކުގެ ތެރޭގައި ސޯނާ، ހެލްތް އެންޑް ބިޔުޓީ ޓްރީޓްމަންޓް، ޖިމް، އިންފިނިޓީ ޕޫލް ހިމެނެއެވެ. އަދި ކޯޕަރޭޓް މަސައްކަތްތަކުގައި އަންނަ ގެސްޓުންނަށް ވެސް ހުރިހައި ހިދުމަތްތަކެއް ލިބޭނެ ތަނެއްކަން ކަށަވަރު ކުރުމުގެ ގޮތުން 40 މީހުންގެ ޖާގައިގެ ބިޒްނަސް ސެންޓަރެއް ވެސް ގާއިިމުކުރުމަށް ވަނީ ނިންމާފައެވެ.


ޗަކްސް 1964 ބީޗް ހޮޓެލްސް ބްރޭންޑުއިތުރަށް ފުޅާކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި މި ތަނުގެ ހޮޓެލްތައް ތަރައްގީކުރުމުގެ އަމާޒު ހިފައި މި ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ 5 ރަށެއްގައި ގެސްޓްހައުސް ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. 


ކިޔުންތެރިންގެ ހިޔާލު