ބިނާވެހި ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމާލައިފި

4 months ago

އަފްރާހް

ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ ބިނާވެހި ޕްރޮގްރާމުގެ ފުރަތަމަ ބުރު ނިންމާލައިފިއެވެ.


މިއީ ސާނަވީ އިމްތިހާނަށްފަހު މަތީ ސާވަނީ ތަޢުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ސާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރިވަރުންނަށް ނުވަތަ ތަޢުލީމު ދޭ މަރުކަޒުތަކަށް ހާޟިރުނުވާ ފަރާތްތަކަށް އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނާއި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން ހިންގާ ޕްރޮގްރާމެކެވެ.


11 ބައިވެރިންނާއެކު ފެށި މި ޕްރޮގްރާމްއަކީ 6 މަސް ދުވަހަށް ކުރިއަށްގެންދާ ގޮތަށް ރޭވިފައި އޮތްނަމަވެސް ފުރަތަމަ ބުރުގެ މުއްދަތު 9 މަސް ދުވަހަށްވަނީ އިތުރުކޮށްފައެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ 5 ދަރިވަރެކެވެ.


މި ޕްރޮގްރާމްގައި ބައިވެރިވި ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ އެލަވެންސެއް ދީފައިވެއެވެ. ޖުމްލަ ގޮތެއްގައި މި ޕްރޮގްރާމްގައި ހާއްސަ ކުރެވިފައިވަނީ 16 އަހަރާއި 21 އަހަރުގެ ކުދިންނަށެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނުވައި، މަސައްކަތުގެ މާހައުލަށް ނިކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.


ޕްރޮގްރާމްގެ ބައިވެރިންނަށް ތަޖުރިބާ ކުރެވުނު ދާއިރާތައް ފުރަތަމަ ބުރުގެ ބައިވެރިންނަށް ތަފާތު 12 ދާއިރާއަކުން ތަރުޖިބާ ހޯދުމުގެ މަގު ފަހިކޮށްދެވުނެވެ. އެގޮތުން އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އެޗް.އާރ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ، ޕަބްލިކް ރިލޭޝަންސް ހިމެނެއެވެ.


ގެ އިތުރުން ވެސް މަސައްކަތްތަކަށް އަހުލުވެރިވުމަށް ފީލްޑް ޓްރިޕް ދިއުމާއި، މި ކޯޕަރޭޝަނަށް ފުރުސަތު ލިބޭ އެކިއެކި ތަމްރީން ޕްރޮގްރާމް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ދެވިފައި ވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު