އެސްޓީއޯ ހިއްސާދާރުންގެ ނުރަސްމީ ބައްދަލުވުމެއް ޖޫން 8 ގަ ބާއްވަނީ

4 months ago

އަފްރާހް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހިއްސާދާރުންެ ނުރަސްމީ ބައްދަލުވުމެއް ބާއްވަން ނިންމައި، އެކަން ހާމަކޮށްފިއެވެ.

އެ ކުންފުނިން ވިދާޅުވީ މިއީ އެ ކުންފުނީގެ ހިއްސާދާރުންނާއެކު ކުންފުނީގެ ސްޓްރެޓީޖިކް ކަންކަމާމެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނީގެ އަހަރީ ރިޕޯޓު ޕަބްލިޝްކުރުމާއި އަހަރީ އާންމު ޖަލްސާއަށް ވަމުންދާ ތައްޔާރީތައް ހިއްސާދާރުންނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖޫން މަހުގެ 11 ޖަހާއިރު، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓްގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުން ޕޯޓަލް މެދުވެރިކޮށް ޖޫން 7 ވަނަ ދުވަހުގެ 11 ޖެހުމުގެ ކުރިން ރަޖިސްޓްރީ ވުމަށް އެސްޓީއޯ އިން ވަނީ އެދިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު