ވެމްކޯގެ ހިދުމަތް މާފުށީގައި ފަށައިފި

4 months ago

އަފްރާހް

ވެމްކޯގެ ހިދުމަތް މާލެއަތޮޅު މާފުށީގައި ފަށައިފިއެވެ.


ރާއްޖޭގެ ހުރިހައި ރަށްތަކަށް ވެމްކޯގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެދަށުން އެރަށުގައި ހިދުމަތް ފަށާފައިވަނީ ޖޫން 6 ވަނަ ދުވަހުއެވެ.


މި މަސައްކަތް މާފުށީގައި ފައްޓަވައިދެއްވީ އެންވަޔަރްމެންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ބައިވެރިވަޑައިގަތް ހާއްސަ ހަފްލާއަކުންނެވެ. މި ހަފްލާގައި ތިމާވެއްޓާއިބެހޭ މިނިސްޓްރީގެ ބޭފުޅުންނާއި މާފުށީގެ ކައުންސިލްގެ ބޭފުޅުންނާއި އެރަށުގައި ހުރި އެހެން މުވައްސަސާތަކުގެ ފަރާތްތަކުން ވެސް ބައިވެރިވަޑައިގެންނެވިއެވެ.


އެރަަށުގެ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނަގައިގެން މި ހިދުމަތްދޭއިރު، ފީ ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމެނޭގޮތަށް ރަޖިސްޓަރީ ކުރެވޭނެގޮތް ހަމަޖެހިގެންދާނެއެވެ. އަދި އަމިއްލަ ގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 500 ރުފިޔާގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.


މީގެއިތުރުން ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ކުނިއުކައި ދިނުމުގެ ހިދުމަތް ވެސް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ވިޔަފާރީތަކުން ލީޓަރަކަށް 0.27 ރުފިޔާ ގޭބިސީތަކުން 150 ރުފިޔާ ގެސްޓް ހައުސް ރޫމަކުން 100 ރުފިޔާ ސަރުކާރުގެ މުއައްސަސާތަކުން ލީޓަރަކަށް 1.27 ރުފިޔާ އަދި ކޮމާޝަލް ގޭޓްފީގެ ގޮތުން ކިލޯއަކަށް 2.60 ރުފިޔާ ގެ ރޭޓުން ޚިދުމަތްތަކަށް އަގުކުރެވިގެންދާނެއެވެ.


މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާ އިން 17 އޯގަސްޓް 2021 ގައި ގެޒެޓުކޮށްފައިވާ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާއިދު (2013/ (R-58 ގެ 5 ވަނަ އިސްލާހުގައިވާ ގޮތުގެ މަތީން، ޕްލާސްޓިކް، ބަދިގެ ކުނި އަދި އެހެނިހެން ކުންޏަށް ކުނި ވަކިކުރުމަށް ފަހުގައި މެނުވީ ކޯޕަރޭޝަނުން އުކާލާ ކުންޏާ ހަވާލުވުމަށް އުޒުރުވެރި ވާނެއެވެ.


ކުރިއަށް ހުރި ދުވަސްތަކުގައި ބަރުކުނީގެ ބާވަތްތައް އުކާލުމަށް ދޭ ޚިދުމަތް ކަމަށްވާ ކެޕްސް އަދި ކެޕްސް ލައިޓްގެ ޚިދުމަތް ކ. މާފުށީގައި ތަޢާރަފު ކުރެވިގެންދާނެއެވެ. 


ކިޔުންތެރިންގެ ހިޔާލު