އެސްޓީއޯގެ ހިއްސާ ބެހުމަށް ރެކޯޑުނަގާ ތާރީހު އާންމުކޮށްފި

4 months ago

އަފްރާހް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފައިބެއަހަރުގެ ޑިވިޑެންޑް ނުވަތަ ހިއްސާ ބެހުމަށް ރެކޯޑް ނަގާ ތާރީހު އާންމުކޮށްފިއެވެ.


އެ ކުންފުނިން ވިދާޅުވީ ރެކޯޑު ނަގާނީ ޖޫން މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ގައި ބައިވެރިވުމަށް ވެސް ހަމަ މި ތާރީހުގައި ރެކޯޑް ނަގާނެ ކަމަށް ވިދާޅުވިއެވެ.


އެ ކުންފުނީގެ ކަންތައްތަކާ މެދު މަޝްވަރާކުރުމަށް ހިއްސާދާރުންނާއެކު ޖޫން 8 ވަނަ ދުވަހު ވަނީ ނުރަސްމީ ބައްދަލުވުމެއް ވެސް އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓްގައި ބާއްވާފައެވެ.


އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މީގެ ކުރީ ކުއާޓަރއާއ އަޅާ ބަލާއިރު، 12 އިންސައްތައިގެ ކުރިއެރުމެކެވެ.


ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުން ކަމަށް އެސްޓީއޯ އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު