ހިޔާވަހި ފައިނޭންސް ސްކީމަށް ލޯނު ހަމަޖެއްސުމަށް އެމްއައިބީ އާއި ހައުސިންގ މިނިސްޓްރީ ސޮއިކޮށްފި

4 months ago

އަފްރާހް

ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން ލޯނު ހަމަޖެއްސުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ހައުސިންގ މިނިސްޓްރީ ސޮއިކޮށްފިއެވެ.


ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑރ. އަލީ ހައިދަރުއެވެ. އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުފައްދަލް އިދްރީސް ކުމާރީއެވެ.


މިނިސްޓްރީން ވިދާޅުވީ މިއީ ހިޔާވެހި ފައިނޭންސިންގ ސްކީމުގެ ދަށުން ގެދޮރު އިމާރާތްކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް ފައިނޭންސިންގ ގެ މިންގަނޑުގެ ތެރެއިން ދޫކުރުމަށް ހަމަޖެހިފައިވާ ލޯނެއް ކަމަށެވެ. އަދި މި ފަހުމުނާމާގެ ދަށުން، ސަރުކާރާއި އެމްއައިބީ ގުޅިގެން ބޯހިޔާވަހިކަމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކި ސްކީމުތައް ތައާރަފް ކުރާނެ ކަމަށެވެ.


ހައުސިންގ މަޝްރޫއުތަކަށް ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ވާހަކަ އަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅެކެވެ.


އެމަނިކުފާނު އޭރު ވިދާޅުވީ ރާއްޖޭގެ އެތަން މިތާނގައި ގެދޮރު ހަދަން ފަށާ, މާލީ ދަތިތަކާ ހުރެ ނުހެދި ހުރި އެތައް ގެއެއް ހުރި ކަމަށެވެ. އަދި ގޯއްޗެއް އޮތަސް ގެ އަޅާނެ ތަނަވަސްކަން ނެތިގެންވެސް ނުވެފައި ހުރި ކަމަށެވެ.


އެހެންވެ، އެކަމަށް ހައްލެއް ގެނެސްދެއްވައި ކުޑަ އިންޓަރެސްޓެއްގައި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އޭރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު