6 months ago
މި ހިނގާ ޖޫން މަހުގެ 18 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ހާމަކުރައްވައިފިއެވެ.
ބީއެމްއެލް އިން ހާމަކުރައްވާފައިވާ ގޮތުގައި އެމް.އެމް.އޭ އިން އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން، އަޟްހާ ޢީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބީއެމްއެލް ހުޅުވުމަށް ހަމަޖެހިފައިވަނީ 18 ޖޫން ވާ އަންގާރަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 2 ޖަހަންދެން ކަމަށެވެ.
މި ބަންދު ދުވަސްތަކުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބުނެއެވެ.
މީގެއިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައް ވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބޭނެކަަމަށް ބީއެމްއެލް އިން ހާމަކުރައްވައެވެ.