އަޟްހާ އީދު ބަންދުގައި ޕާސްޕޯޓުގެ ހިދުމަތް ދޭ ގަޑިތައް ހާމަކޮށްފި

4 months ago

އަފްރާހް

މިއަހަރުގެ އަޟްހާ އީދު ބަންދުގައި ޕާސްޕޯޓުގެ ހިދުމަތް ދޭ ގަޑިތައް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.


އިމިގްރޭޝަނުން އާންމުކުރައްވާފައިވާ ގޮތުގައި އިމުގަ މެދުވެރިކޮން ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރު ހުޅުވައިލާފައިވާ ކަަމަށެވެ. އަދި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި އެމެޖެންސީ ހާލަތްތަކުގައި އިމިގްރޭޝަނަށް ހާޟިރުވެ، ޕާސްޕޯޓަށް އެދި ހުށަހެޅޭނީ ހެނދުނު 9:00 އިން މެންދުރު 1 ޖަހަންދެން ކަމަށް ވެސް ވިދާޅުވެއެވެ.


މީގެ އިތުރުން ޕާސްޕޯޓާއި ހަވާލުވުމާއި ނަންބަރު ދޫކުރުން ހެނދުނު 8:30 އިން ހަވީރު 4 ޖަހަންދެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މި ހިދުމަތަށް ކިއުބީ އާއި އިމިގްރޭޝަނަށް ހާޟިރުވެގެން ވެސް ނަންބަރު ނެގޭނެ ކަމަށް ހާމަކުރައްވައެވެ.


އިމިގްރޭޝަނުން ވިދާޅުވީ އެގަޑިތަކުގައި ހިދުމަތް ދިން ކަމުގައިވިޔަސް މެންދުރު 12 އިން 12:45 އަށް ނަންބަރު ދޫކުރުން މެދުކެނޑޭނެ ކަމަށެވެ. އަދި އިމިގްރޭޝަނުން ވަނީ އެމަޖެންސީ ހާލަތުގައި އިމިގްރޭޝަންގެ ނަންބަރު 9555333 އަށް ގުޅުމަށް އާންމުންގެ ކިބައިން އެދިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު