ޔަހޫދީން ހިންގާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައު މަޑުއޮވެގެން ނުވާނެ

5 months ago

އަފްރާހް

ޔަހޫދީން ރަފަހްގައި ހިންގާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައު މަޑުއޮވެގެން ނުވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެކަމާއި ދެކޮޅަށް ތެދުވަންޖެހޭ ކަމަށެވެ.


ޔަހޫދީންނާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދެކުނު އެފްރިކާ އިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


މީގެއިތުރުން ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލާ، ބައިނަލްއަޤްވާމީ ގާނޫނުތަކަށް ތަބާވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަމާއި ދެކޮޅަށް އައިސީޖޭ އިން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.


ރައީސް ޑރ. މުއިއްޒު ވަނީ ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ކަމަށާއި 1967 ގެ ކުރިން ބޯޑަރުތައް އޮތް ގޮތަށް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިން އަބަދުވެސް ސާބިތުވެ ތިބޭނެކަން ތަކުރާރުކުރައްވާފައެވެ.


ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅި، އެ ގައުމުގެ މުސްލިމް އަޚުންނާއި އުޚްތުން އަމާންކަމާއި މިނިވަންކަމާއެކު ދިރިއުޅޭ ދުވަހެއް އަންނަންދެން އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމުގައި ދިވެހިން ދެމި ތިބޭނެކަމަށް ވެސް ވިދާޅުވިއެވެ.


ފައިބެއަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,000 އަށްވުރެ މައްޗަށް އަރާފައެވެ. 

ކިޔުންތެރިންގެ ހިޔާލު